އޭދަފުށީގައި ސަރުކާރުން 1،000 ހައުސިން ޔުނިޓްގެ މަޝްރޫއެއް!

އޭދަފުށީގައި ސަރުކާރުން 1،000 ހައުސިން ޔުނިޓްގެ މަޝްރޫއެއް!

ބ. އޭދަފުށީގައި ސަރުކާރުން 100 ހައުސިން ޔުނިޓްގެ މަޝްރޫއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ

ބ. އޭދަފުށީގައި ސަރުކާރުން 100 ހައުސިން ޔުނިޓްގެ މަޝްރޫއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގައި ޕީޕީއެމް/ޕީއެންސިގެ ފަރާތުން އޭދަފުށީ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގެ ކެމްޕެއިން ވެބްސައިޓް އިފްތިތާހު ކުރުމަށް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އޭދަފުށީގައި އާބަން ސެންޓަރެއް ގާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާއިރު އޭގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ މަސައްކަތްތަކަށް ބަލާއިރު ވަރަށް ގިނަ ކަންކަން ކުރަން އެބަހުރި ކަމަށެވެ. އަދި އެންމެ މުހިންމީ ގެދޮރުވެރިކަން ކަމަށް ވިދާޅުވިއެވެ. އަދި ގެދޮރުވެރިކަމަކީ އެ ރަށަށް ވެސް ދިމާވެފައިވާ މުހިންމު މައްސަލައެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ 1000 ހައުސިން ޔުނިޓް އެއީ ރަށަށް އަދި ދާއިރާއަށް އަދި އަތޮޅަށް ވެސް އޭގެ ފައިދާ ވާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެ މަޝްރޫއުގެ ސަބަބުން ގެދޮރު މައްސަލަ ބޮޑު ހަލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަން ކުރިއަށް ދަނީ އެ ދާއިރާގެ މިހާރުގެ މެމްބަރު ސަލީމްގެ ބުރަ މަސައްކަތުން ކަމަށާއި އެކަމަށް އެއްބާރުލުން ދެއްވުމަށް ޓަކައި އެ ދާއިރާގެ ރައްޔިތުންގެ އަރިހުން ސަލީމަށް ވޯޓު ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ. ރައީސް ވިދާޅުވީ އެ ހުރިހާ ވައުދުތަކެއް ފުއްދޭނީ ރައްޔިތުންގެ އެއްބާރުލުމާއެކުގައި ކަމަށެވެ. މަޖިލިސް މެޖޯރިޓީ ބޭނުންވަނީ ވައުދުތައް ފުއްދެވުމަށް ކަމަށް ވިދާޅުވިއެވެ.

މިވަގުތުވެސް އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ބޯހިޔާވަހިކަމުގެ އެކި މަސައްކަތްތައް ކުރަމުންނެވެ. އަދި ބައެއް މަޝްރޫތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

Please enable JavaScript in your browser to complete this form.