އުމްރާގެ އަޅުކަން އަދާކުރަންދިޔަ ދިވެއްސަކު މައްކާގައި ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ގދ ނަޑައްލާ، އައިޝަތު އިބްރާހިމް (އައިސާމަނިކެ)އެވެ. ނިޔާވެފައިވަނީ މައްކާގެ ޖިއްދާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށެވެ.
70އ ގެ އައިސާމަނިކެ ނިޔާވެފައިވަނީ ސްޓްރޯކެއްޖެހިގެން މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ.
މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި މައްޔިތާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ!



