ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައުދީއަށް މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސްގެ މި ދަތުރުފުޅަކީ ދެ ހަރަމްފުޅުގެ ޚާދިމް އަދި ސައުދީ ރަސްގެފާނު ކިންގް ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ މެހެމާންދާރީގައި ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސްގެ އިތުރުން ރައީސް އަރިހުގައި ސަރުކާރުގެ އިސްވަފުދެއް ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ. މި ބޭފުޅުން ދަތުރުކުރައްވަން ހަމަޖެހިފައިވަނީ ސައުދީ ސަރުކާރުން ފޮނުވި ހާއްސަ މަތިންދާބޯޓެއްގައި ކަަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
މިއީ ވެރިކަމަށް ވަޑައިގެންނެވުމަށް ރައީސް ސައުދީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.