fazul

އެޗްޑީސީ އިން އަންނަނީ ކުޑަގިރި އިތުރަށް ތަރައްޤީކޮށް ހުޅުވާލުމަށް ތައްޔާރުވަމުން – ފަޒުލް

fazul

އެޗްޑީސީ އިން އަންނަނީ ކުޑަގިރި އިތުރަށް ތަރައްޤީކޮށް ހުޅުވާލުމަށް ތައްޔާރުވަމުން – ފަޒުލް

އެޗްޑީސީ އިން އަންނަނީ ކުޑަގިރި އިތުރު ޙިދުމަތްތަކާއިއެކު އިތުރަށް ތަރައްޤީކޮށް ހުޅުވާލުމަށް ތައްޔާރުވަމުން ކަމަށް އެޗްޑީސީގެ މެނޭޖިންގ ޑައިރެކްޓަރ ފަޒުލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަޒުލް ވިދާޅުވީ ވަރަށް ފުރިހަމަ ޙިދުމަތްތަކެއް ކުރިމަގުގައި ކުޑަގިރިން ލިބިގެންދާނެ ކަމަށެވެ.

https://x.com/FaZuLRaShYd/status/1789234046771359953

މީގެ ކުރިން ރައީސް އޮފީހުން ވަނީ ކުޑަގިރީގައި މިހާރު ހުރި ވަސީލަތްތައް މަދުކަމާއި ހުރި ދަތިތަކާގުޅިގެން ލިބެމުންދާ ޝަކުވާތަކަށް ޙައްލެއް ހޯދުމުގެ ގޮތުން ކުޑަގިރި މިހާރަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ހިދުމަތްތައް ސަރުކާރުން ތަރައްގީ ކުރާނެ ކަމަށް ބުނެފައެވެ.

މާލެ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދިއުމަށް ތަރައްގީކުރި ކުޑަގިރި ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ.

 

 

Please enable JavaScript in your browser to complete this form.