l_2020_05_23_034044_jby7ex3iwsrh1cvn49ltzdpgamk5o2uf6q8_EN_

މާލެ ސަރަޚައްދުގެ ކަރަންޓުބިލްގެ މައްސަލަ: ސްޓެލްކޯ އިން ބިލްގެ އޮޑިޓްއެއް ހަދަނީ

l_2020_05_23_034044_jby7ex3iwsrh1cvn49ltzdpgamk5o2uf6q8_EN_

މާލެ ސަރަޚައްދުގެ ކަރަންޓުބިލްގެ މައްސަލަ: ސްޓެލްކޯ އިން ބިލްގެ އޮޑިޓްއެއް ހަދަނީ

މާލެ ސަރަހައްދުގައި ކަރަންޓު ބިލްތައް އާދަޔާ ހިލާފަށް ބޮޑުވާ ގެތަކުގެ އެނާޖީ އޮޑިޓެއް ކުުރުމަށް ހަމަޖެހިފައިވާކަން ސްޓެލްކޯއިން ހާމަކޮށްފި އެވެ.

މާލެ ސަރަހައްދުގައި ކަރަންޓު ބިލްތައް އާދަޔާ ހިލާފަށް ބޮޑުވާ ގެތަކުގެ އެނާޖީ އޮޑިޓެއް ކުުރުމަށް ހަމަޖެހިފައިވާކަން ސްޓެލްކޯއިން ހާމަކޮށްފި އެވެ.

ސްޓެލްކޯއިން މިކަން ހާމަކުރީ ކަރަންޓު ބިލު ބޮޑުވުމުގެެ ޝަކުވާާ ބޮޑުވެ، ދިގުދެމިގެން ދިއުމުން އެކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ، މި މަހު އެ ކުންފުނިން ދޫކުރި ބިލްތަަކުގެ 94 އިންސައްތަ ބިލު، މިދިޔަ މަހާ އަޅާބަލާއިރު ކުޑަ ކަމަށެވެ. އެހެން ނަމަވެސް މާލެއާއި ހުޅުމާލޭގެ ބައެއް ގޭބިސީތަކުގެ ބިލް އަދިވެސް ބޮޑުކަން އޭނާ ކަަންބޮޑުވުމާ އެކު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އެގޮތަށް، މާލޭގެ 6 އިންސައްތަ ބިލް، އަދި ހުޅުމާލޭގެ 15 އިންސައްތަ ބިލް އިންތިހާއަށް ބޮޑު ކަަމަށެވެ.

ފަހުމީ ވިދާޅުވީ މިކަމުގެ މައުލޫމާތު އެއްކުރުމަށް ސްޓެލްކޯއިން ޚާއްސަ ޓީމެއް އެކުލަވާލައި އެގޭބިސީތަކަށް ޒިޔާރާތް ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެ ޒިޔާރާތްތަކުގައި ގޭބިސީތަކުގެ އެނާޖީ އޮޑިޓެއް ކުރިޔަށް ގެންދާނެކަން ފަހުމީ ހާމަކުރެއްވި އެވެ.

މި އޮޑިޓުގައި ގޭބިސީތަކުގައި ކަރަންޓުގެ ހާލު ހުރި ގޮތާއި ބޭނުންކުރާ އާލާތްތަކާއި އިންސިލޭޝަން ހުރި ގޮތް ބަލާނެކަން ފަހުމީ ހާމަކުރެއްވި އެވެ. މި އެނާޖީ އޮޑިޓާއި އެކު ކަރަންޓު ބިލް ބޮޑުވާން މެދުވެރިޔާ ސަބަބު ދެނެގަނެވި ކަސްޓަމަރުންނަށް މިކަމުގެ ތަފްސީލް ދެވި ކަރަންޓު އިގްތިސޯދު ކުރެވޭނެ ގޮތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

Please enable JavaScript in your browser to complete this form.