411933_3_50d176ecdafeaa0a360125ee5556e8b77ad0b3db_large

ހދ. ކުޅުދުއްފުށީގައި ބީއެމްއެލްއިން ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި

411933_3_50d176ecdafeaa0a360125ee5556e8b77ad0b3db_large

ހދ. ކުޅުދުއްފުށީގައި ބީއެމްއެލްއިން ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހދ. ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓައި، އެ ރަށުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް އިއްޔެ ފަށައިފި އެވެ.

އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ހިދުމަތް ފަށްޓަވައިދެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.

އެ ބޭންކުން ބުނީ އާ އޭޓީއެމުން 24 ގަޑިއިރު ޑޮލަރު ޑިޕޮސިޓް ކުރުމާއި ޑޮލަރު ނެގުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ރަސްމީ ގަޑީގެ ބޭރުން ޔޫއެސް ޑޮލަރު ޖަމާކުރުމާއި ނެގުމުގެ އިތުރުން އެހެނިހެން ސެލްފް ސާވިސް ބޭންކިން ހިދުމަތްތައް ވެސް ލިބޭނެ ކަމަށް ބުންޏެވެ.

އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފު ވިދާޅުވީ ބީއެމްއެލްގެ އަމާޒަކީ ރަށްރަށަށް އިތުރު ތަރައްގީ ގެނެސްދިނުން ކަމަށެވެ.

"ބީއެމްއެލްއަކީ ހުރިހާ ދިވެހިންގެ ބޭންކް. އަޅުގަނޑުމެންނަކީ ތިޔަ ބޭފުޅުންގެ ކުރިއެރުމުގެ ބައިވެރިއެއް. އަޅުގަނޑުމެން ތައާރަފުކުރާ ކޮންމެ ހިދުމަތަކާއި، ގެންނަ ކޮންމެ ބަދަލަކީ އެ މަގުސަދުގައި ކުރާ ކަމެއް." އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ އިތުރުން ބީއެމްއެލްގެ ޑޮލަރު އޭޓީއެމް އައްޑޫ ސިޓީ އާއި މާލެ އާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ހުރެ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާއެކު 20 އަތޮޅުގައި ބީއެމްއެލްގެ 39 ބްރާންޗާއި 100 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 157 އޭޓީއެމް އާއި އޭޖެންޓް ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު ބީއެމްއެލްގެ އަމާޒަކީ އާންމުނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ. ބީއެމްއެލް އިން ވަނީ އެ ބޭންކުގެ ހުރިހާ ހިދުމަތެއް އަންނަ މަހުން ފެށިގެން ޑިޖިޓަލްކޮށް ދޭން ވެސް ނިންމައިފަ އެވެ.

Please enable JavaScript in your browser to complete this form.