big_eqWQvbrwDQOW1WIWZQ3oBygz7

އުމްރާގެ އަޅުކަން އަދާ ކުރަން ދިޔަ ދިވެއްސަކު ނިޔާވެއްޖެ

big_eqWQvbrwDQOW1WIWZQ3oBygz7

އުމްރާގެ އަޅުކަން އަދާ ކުރަން ދިޔަ ދިވެއްސަކު ނިޔާވެއްޖެ

ނިޔާވެފައިވަނީ ގދ ނަޑައްލާ، އައިޝަތު އިބްރާހިމް (އައިސާމަނިކެ)އެވެ.

އުމްރާގެ އަޅުކަން އަދާކުރަންދިޔަ ދިވެއްސަކު މައްކާގައި ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ގދ ނަޑައްލާ، އައިޝަތު އިބްރާހިމް (އައިސާމަނިކެ)އެވެ. ނިޔާވެފައިވަނީ މައްކާގެ ޖިއްދާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށެވެ.

70އ ގެ އައިސާމަނިކެ ނިޔާވެފައިވަނީ ސްޓްރޯކެއްޖެހިގެން މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ.

މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި މައްޔިތާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ!

Please enable JavaScript in your browser to complete this form.