ދޮގު ހަބަރު ފަތުރައިގެން ވާނެ މޮޅެއް ނެތްކަމަށް ކޮލަމާފުށީ ދާއިރާއަށް ވާދަކުރާ އަމިއްލަ ކެންޑިޑޭޓް ރިފާޝް ހުސައިން ބުނެފިއެވެ.
ދަރަންޏެއްގެ މައަސަލައިގައި ރިފާޝްގެ ނަން ނަގައިފި ކަމަށް ބުނެ އޮންލައިން ނޫހަކުން ލިއުނު ހަބަރު ދޮގުކުރަމުން ރިފާޝް ބުނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި މީ އޭނާގެ އަގު ވައްޓާލުމަށް އިދިކޮޅުން ކޮއްފައިވާ ކަމެއް ކަމަށެވެ.
ރިފާޝްގެ އިތުރަށް ބުނީ މި އިންތިޚާބު ބޮޑު ތަނުން ކާމިޔާބު ކުރާނެކަން ޔަގީންވާތީ ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ.
އަދި މިއަމަލު ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށާއި އަދި މި މައްސަލަ މީޑިޔާ ކައުންސިލުންނާއި އިލެކްޝަން ކޮމިޝަން އިންވެސް ބައްލަވައި ދެއްވުމަށް ރިފާޝް ވަނީ ގޮވާލައްވާފައެވެ.
ރިފާސްގެ ސަޕޯޓަރުން ތިބީ ސާބިތުކަމާއިއެކު ގަދަކޮށް ރިފާސްއާއިއެކު މި އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރުމަށް ތައްޔާރުވެގެން.