Untitled design (1)

ފެންބޮޑުވެފައިވާތީ މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސްކުރައްވައިފި

Untitled design (1)

ފެންބޮޑުވެފައިވާތީ މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސްކުރައްވައިފި

މާލެ ސަރަހައްދަށް ބޯކޮށް ވާރޭވޭހި، ފެންބޮޑުވެފައިވާތީ އެއްވެސް ގެއަކުން އުކާލާ ކުނި މަގުމައްޗަށް ނުވަތަ އާންމު ސަރަހައްދުތަކަށް ނުނެރުމަށް ވެމްކޯއިން އިލްތިމާސްކޮށްފިއެވެ.

ވެމްކޯއިން ވިދާޅުވީ މޫސުން ގޯސް ވިއްސާރަ ހަފްތާއަކަށް ވީނަމަވެސް ވެމްކޯގެ ހީވާގި މުވައްޒަފުން ދަނީ ރައްޔިތުންނަށް މެދުނުކެނޑި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްކުރަމުންކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

ވެމްކޯއިން ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން އެއްވެސް ގެއަކުން ކުނި ނުނެގި ހުރެއްޖެނަމަ މުޖްތަމައުގެ އާންމު ސިއްހީ ރައްކާތެރިކަމަށްޓަކައި އުކާލާ ކުނި މަގުމައްޗަށް ނުވަތަ އާންމުސަރަހައްދުތަކަށް ނުނެރުމަށް ވެމްކޯއިން ވަނީ އެދިފައެވެ.

ޚިދުމަތް ހޯދާ ފަރާތްތަކުން ކުނި ނުނެގި ހުރި ގެއެއް ފާހަގަކުރެވިއްޖެނަމަ ނުވަތަ ޚިދުމަތް ނުލިބޭނަމަ ވެމްކޯގެ ހޮޓްލައިން ނަންބަރު1666 އަށް ގުޅާލައްވާ އެ މައުލޫމާތު އެ ކުންފުންޏާއި ހިއްސާކުރެއްވުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

Please enable JavaScript in your browser to complete this form.