ހދ.ކުޅުދުއްފުށި ސްޓޭޑިއަމް- ފޮޓޯ: ޒުވާން މަސްވެރިޔާ

ކުޅުދުއްފުށިން ގެއްލިގެން ހޯދަމުންދިޔަ މީހަކު މަރުވެފައި އޮތްވާ ފެނިއްޖެ

ހދ.ކުޅުދުއްފުށި ސްޓޭޑިއަމް- ފޮޓޯ: ޒުވާން މަސްވެރިޔާ

ކުޅުދުއްފުށިން ގެއްލިގެން ހޯދަމުންދިޔަ މީހަކު މަރުވެފައި އޮތްވާ ފެނިއްޖެ

ކުޅުދުއްފުށިން ގެއްލިގެން ހޯދަމުންދިޔަ މީހަކު މަރުވެފައި އޮތްވާ ފެނިއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ކުޅުދުއްފުށީ ސިޓީ ޖިފުޑި އުމުރުން 67 އަހަރުގެ ހަސަން މޫސާ ރޭ ފަތިހު 5:00 ހާއިރު ގެއިން ނުކުމެގެން ދިޔަ ގޮތަށް ޚަބަރެއް ނުވާ ކަމަށް ހެނދުނު 10:30 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކުޅުދުއްފުށީ ޒޯނު ސްޓޭޑިއަމްގެ ފާހަނާ ތެރޭގައި ވެއްޓިފައިވާ އޮއްވާ ފެނިފައިވާ ކަމަށާއި އެހެންވެ ފަރުވާ ދިނުމަށް ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ ވަނީ މަރުވެފަ އެވެ.

އަދި އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Please enable JavaScript in your browser to complete this form.